ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފްގެ ސުލޫކީ މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލައިފިއެވެ.

ޖޭއެސްސީ އިން ހޮނިހިރު ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޝަރީފްގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވަނީ އޭނާ ތަނާޒުލްވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމާއި ގުޅިގެންނެވެ. 

އެގޮތުން، އެ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީގެ މި އަހަރުގެ 4 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށާއި މިކަމާއި ގުޅިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ. 

ޖޭއެސްސީއިން ދަނީ އަތޮޅުތެރޭގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މިއީ ކޯޓުގެ ތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.