އެމެރިކާގެ މަޝްހޫރު ޓީވީ ހޮސްޓް ލެރީ ކިންގް އުމުރުން 87 އަހަރުގައި މަރުވެއްޖެއެވެ.

ކިންގް ވަނީ ރޭޑީއޯ އަދި ޓީވީ ޕްރޮގްރާމް ހޮސްޓް ކުރުމުގައި 60 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތްކުރައްވާފައެވެ. މީގެ ތެރެއިންވެސް، ސީއެންއެން އިން ގެނެސްދިން "ލެރީ ކިންގް ލައިވް" އަކީ އޭނާގެ އެންމެ ކާމިޔާބު ޝޯ އެވެ. 

1985 އިން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ކުރިއަށްދިޔަ މި ޝޯގައި މަޝްހޫރު ގިނަ މީހުންނާއި ލެރީ ކިންގް އިންޓަވިއު ކޮށްފައިވެއެވެ. ޝޯ ކުރިއަށްދިޔަ 25 އަހަރުގެ ތެރޭގައި މިއީ ސީއެންއެން އިން އެންމެ ގިނަ މީހުންވެސް ބެލި އެއް ޝޯއެވެ.

ލެރީ ކިންގް އުމުރުން 87 އަހަރުގައި އަވަހާރަވެފައިވާކަން އޭނާގެ ޕްރޮޑަކްޝަން ކުންފުނި އޯރާ މީޑިއާއިން ވަނީ ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް، މަރުވި ސީދާ ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުން އޭނާ މަރުވި އިރު ދިޔައީ ކޮވިޑްއަށް ފަރުވާ ހޯދަމުންނެވެ. އޭނާއަށް ދިޔައީ ލޮސް އޭންޖަލިސްގެ ސީޑަރސް ސިނައި މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.