ރާއްޖޭގެ ރިސޯޓަކުން ޖެޓްސްކީއެއްގައި ފުރި ދެމީހަކު ގެއްލިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ. 

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ޅ. އަތޮޅު ފުށިފަރު ރިސޯޓުން ފުރި 2 ދިވެއްސެކެވެ. އެއީ 29 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 19:04 ހާއިރުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

މި ދެ ދިވެހިންނަކީ ވެސް އެ ރިސޯޓުގެ މުވައްޒިފުން ކަމަށްވާއިރު އެ ދެ މީހުން ވެސް ޖެޓްސްކީ ދުއްވަން ނުކުތީ ލައިފްޖެކެޓް އަޅައިގެން ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.