ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ އިނގެރޭސިވިލާތުގެ 5.4 މިލިއަށްވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިނގެރޭސިވިލާތަކީ ބަލި އެންމެ ނުރައްކާ މިންވަރުގައި ފެތުރެމުން އަންނަ ޤައުމެކެވެ. އަދި އެ ޤައުމުން ކޮވިޑްގެ އައު ވައްތަރުތަކެއް ފެނިފައިވާއިރު، ކޮވިޑްގެ އައު ވައްތަރު ފެތުރޭ މިންވަރު ހަލުވިވެ، މަރުވާ މީހުން އަދަދު މައްޗަށްދާކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. 

ހުކުރު ދުވަހުގެ ހިސާބުތަކަށް ބަލާއިރު، އިތުރު 1401 މީހެއް ބަލީގައި މަރުވެފައިވެއެވެ. އެޔާއެކު އެކު ޖުމްލަ ކޮވިޑްގައި އެ ޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 95,981 އަށް އަރާފަ އެވެ. 

ހުކުރު ދުވަހު ބައްޔަށް ޕޮޒިޓިވްވީ 40,261 މީހެކެވެ. މިޔާއެކު އެ ޤައުމުން އެކު ޖުމްލަ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،583،907 އަށް އަރާފަ އެވެ. މުޅި ދުނިޔޭން ބަލި އެންމެ ނުރައްކާ ފަސް ޤައުމުގެ ތެރޭގައި އިނގެރޭސިވިލާތް ހިމެެނެ އެވެ. 

ކޮވިޑް ވެކްސިން އެންމެ ހަލުވި މިނެއްގައި ޖަހަމުން އަންނަ އެއް ޤައުމަކީވެސް އިނގެރޭސިވިލާތެވެ. އެގޮތުން އެ ޤައުުމުގެ ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް 5.4 މިލިއަން މީހުންނަށް ވަނީ ކޮވިޑް ވެކްސިންގެ ފުުރަތަމަ ޑޯޒް ދީފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.