މާލޭގެ މަގުމައްޗެއްގައި އަންހެނުންތަކަކާއި ފޮށި، އުނދަގޫ ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ޑޮލަރު އޭޓީއެމް ކައިރިން މިއަދު 13:05 ހާއިރު ހައްޔަރު ކުރި މީހާ އަކީ އެ ސަރަހައްދުގައި އަންހެނުންތަކަކާޢި ފޮށި، އުނދަގޫ ކުރަމުންދިޔަ 50 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.