ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރީ ކުރެއްވުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި، ޖޫރިމަނާގެ މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބާތިލް ކުރަން ޖެހޭ ކަމަށް ރައުޔު ނެރުނު ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ދެ މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހާމަކޮށްފިއެވެ. 

ޖޭއެސްސީގެ ސެކެރެޓަރީ ޖެެނެރަލް އިޒްމީރާ ޝިހާމް ''ޖަޒީރާ'' އަށް ވިދާޅުވީ، ޝަހީދާ ގުޅޭ ދެ މައްސަލަ އަކީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ހުށައެޅިފައިވާ، ވަކި ފަރާތެއްގެ މަސްލަހަތު އިސްކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާއި، ހަމަ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ހުށައެޅިފައިވާ އިސްތިއުނާފީ މައްސަލައެއް އޮންނަ އިޖުރާތްތަކާއި ދެކޮޅަށް ހިންގާ ކަމުގެ މައްސަލަ އެއް ކަމަށެވެ. 

މި ދެ މައްސަލައިގެ ތެރެއިން އޮގަސްޓު މަހު ޝަހީދާ ދެކޮޅަށް ހުށައެޅުނު މައްސަލަ ކޮމިޝަނުން ތަހުގީގު ނިންމައި އެ ފަނޑިޔާރަށް އަރުވާފައިވާ ކަމަށެވެ. އަދި ޖަވަބުދާރީވުމުގެ ފުރުސަތު ޑިސްމަބަރު މަހު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތުގައި ފަނޑިޔާރު ޖަވާބުދާރީވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އެސްޖީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުންދަނީ އެ މައްސަލާގައި ކޮމިޝަނުން ނިންމި ގޮތުގެ ރިޕޯޓް ކޮމިޓީ އަށް ހުށައެޅުމުގެ މަސައްކަތް ކަމަށެވެ. އަދި 27 އޮކްޓޫބަރު މަހު ހުށައެޅުނު މައްސަލައިގެ ތަހުގީގު ނިމި ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސްޖީ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އަކީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން އަށްވެސް ރައްދުވާ މައްސަލައެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.