ތ. އަތޮޅާއި ލ. އަތޮޅާއި ދެމެދު ކުރާ ލޯންޗު ފެރީތައް ދަތުރުތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ދެމުންދާ ލޯންޗު ފެރީގެ ޚިދުމަތުގެ ތެރެއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކުގެ ގަޑިތަކަށް ބަދަލުގެ ގެނެސްފައިވާއިރު މިބަދަލުތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށް ހިދުމަތް ލިބިގަތުމުގައި ފަސޭހަތަކެއް ވާނެ ކަމަށް އެމް.ޓީ.ސީ.ސީ.ން ބުނެއެވެ.
ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހުން ފެށިގެން ލޯންޗް ފެރީގެ ޚިދުމަތް ހަފްތާއަކު 4 ދުވަހުލިބިގެންދާއިރު ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯންޗް ފެރީގެ ޚިދުމަތް ލިބިގެންދާނެއެވެ.
މި ހިދުމަތުގެ އަގުތަކަށް ބަކާއިރު ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފަސޭހައިން ދަތުރުތައް ހަމަޖައްސައިދިނުމަށްށެވެ. އެމް.ޓީ.ސީ.ސީ.ން ދަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ލޯންޗު ފެރީގެ ޚިދުމަތް ދެމުންނެވެ.