ހޮންގް ކޮންގުން ފެންނަ ކޮވިޑު-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެ ސިޓީ ފުރަތަމަ ފަހަރަށް ލޮކްޑައުންކޮށްފިއެވެ.
48 ގަޑިއިރުގެ ލޮކްޑައުންއެއް އިއުލާނުކުރަމުން ސަރުކާރުން ބުނެފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ކަށަވަރު ނުކުރެވެނީސް، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގެ ދޫކޮށް، ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ.
ސަރުކާރުން ބުނީ އަމާޒަކީ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ އެންމެން ދެ ދުވަހުގެ ތެރޭގައި ޓެސްޓު ކުުރުން ކަމަށާއި، އަދި އުއްމީދަކީ އެއްވެސް ކޭސް އެއް ނުފެނުން ކަމަށެވެ.
ޗައިނާގެ މީޑިއާތަކާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން 9000 މީހުން ލޮކްޑައުންކުރެވިފައިވާއިރު، 100 ށް ވުރެ ގިނަ ފުލުހުން ތިބީ ލޮކްޑައުންއާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން ތައްޔާރަށެވެ.
ހޮންގްކޮންގް އަކީ ޗައިނާއިން ކޮވިޑު ފެނުނު ދުވަސްވަރު އެންމެ ފުރަތަމަ ކޭސްތައް ފެނުނު އެއް ސިޓީއެވެ. ހޮންގް ކޮންގުން 10000 ށް ދަށުން ކޭސްތައް ރިޕޯޓުކޮށްފައިވާއިރު މި ބަލީގައި އެ ސިޓީން 170 މީހަކު ވަނީ މަރުވެފައެވެ.