ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު އެއް ކުންފުނި، އިންޑިއާގެ ސީރަމް އިންސްޓްޓިއުޓް ގައި އަލިފާން ރޯވި ނަމަވެސް އެ ކުންފުނީގެ ވެކްސިން ހުރީ ރައްކާތެރިކަމާއި އެކު ކަމަށާއި، ނަމަވެސް އެއް ހާސް ކްރޯޑްގެ ގެއްލުމެއް ލިބފައިވާ ކަމަށް ކުންފުނީގެ ސީއީއޯ އަދަރް ޕޫނާވައްލާ ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު ޕޫނޭ ގައި ހުންނަ ސީރަމްގެ ގައި ރޯވި އަލިފާނުގެ ހާދިސާ ގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އަދަރް ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ސަބަބުން އެ ކުންފުނިން އުފައްދާ، އަދި އަވަށްޓެރި ގައުމުތަކަށް ސަޕްލައި ކުރަމުންދާ ކޮވި ޝީލްޑް ވެކްސިނަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ. 

އަލިފާން ރޯވީ ކުރިޔަށް އޮތް ތަނުގައި ބީސީޖީ އަދި ރޮޓަ ވައިރަސް އުފައްދަން ގާއިމްކޮށްފައި މުޅިން އައު ފެސިލިޓީ އެއްގައި ކަމަށާއި، އެތަނުގައި މި ވަގުތު އެއްވެސް ވައްތަރެއްގެ ވެކްސިނެއް ސީދާ އުފައްދަމުން ނުދާ ކަމަށް މަހަރާޝްތްރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުއްދަތް ތަކެރޭއާ އެކު ބޭއްވި ޖޮއިންޓް ޕްރެސްކޮންފަރެންސް ގައި އަދަރް ވިދާޅުވިއެވެ. 

ޕޫނޭގައި ހުންނަ 100 އޭކަރުގެ މި އިސްޓިޓިއުޓްގައި އަލިފާން ރޯވި ކޮމްޕްލެކްސް ހުންނަނީ ވެކްސިން އުފައްދާ ފެސިލިޓީއާއި 10 މިނެޓު ދުރުގައެވެ.  މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް ސީރަމް އިން ވަނީ ހާމަކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.