ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން 'މިންޖުކޮށް' އަންނަ 2023 ވަނަ އަހަރު ވެރިކަމަށް ގެންނަވާނެ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން ވިދާޅުވެއްޖެއެވެ. 

އޭނާ މިގޮތަށް ޓުވީޓު ކުރެއްވީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއިދުކުރުމާއި ގުޅިގެންނެވެ. 

ޣައްސާން ވިދާޅުވީ ރައީސް ޔާމީނަށް ދެވޭ ނުހައްގު އަނިޔާއަކުން އެމަނިކުފާނުގެ، އަދި އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމްގެ ހިތްވަރެއް އެލުވާ ނުލެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ޖަލުން މިންޖުކޮށް، 2023 ގައި އިންތިހާބުކޮށް، ވެރިކަމަށް ގެންނާނެ ކަމަށެވެ. 

ރައީސް ޔާމީން މިނިވަންކުރާނެ ކަމަށް މެމްބަރު ވިދާޅުވެފައިވާއިރު، އިދިކޮޅުން ބުނަމުންދަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވެސް ނެރުނީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އަދި ހައި ކޯޓުން އެކަމަށް ތާއިދުކުރުމަކީ ވެސް އިންސާފު ނޫން ކަމަށެވެ. މިހާރު އިދިކޮޅުން މަސައްކަތް ކުރަމުންދަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.