ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ކަނޑައާޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބަލިމަޑުކަމުގެ ތެރޭގައިވެސް އިންތިހާބު ބޭއްވުމަކީ ލާޒިމްކަމެއްކަމަށް އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވި އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެމްޑީޕީން ކުރިމަތިލަނީ ސަރުކާރުގެ ކިބައިން ވީލި، ޤާނޫނީ، މާލީ ބަރުވެރިކަން ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ހަވާލުކޮށްފަ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ހަނިކުރުމަށް ގެނެސްފައިވާ އިސްލާހުތައް އުވާލުމަށްފަހުކަމަށް އަނަސް ވިދާޅުވި އެވެ. 

އަނަސް ވިދާޅުުވީ، ޤާނޫނުގައި ބަޔާންކުރާ ފަދަ، އެޗްޕީއޭ އިން ބަލައިގަންނަ ރައްކާތެރިކަމުގެ ހާއްސަ ފިޔވަޅުތަކާއެކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައްޔިތުންނަށް ހިދުމަތްކުރުމަށް އިންތިހާބުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި، އިންތިހާބު ބޭއްވުމަކީ ލާޒިމްކަމެއް ކަމަށެވެ. 

މިހާރު ޤާނޫނު ފާސްކޮށްފައިވާގޮތުން މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. އެ މުއްދަތަށް އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ސަބަބާއެކު ހުށަހަޅަންޖެހެ އެވެ. 

އިންތިހާބު ފަސްކުރުމުގެ ވާހަކަތަކެއް އަނެއްކާވެސް އަންނަނީ ދެކެވެމުންނެވެ. އެގޮތުން އެންމެފަހުން ބޭއްވި އިންތިހާބާ ބެހޭ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫން މަހަށް އިންތިހާބު ފަސްކުރުމަށް ޕާޓީތަކުން މަޝްވަރާކުރުމަށް އެދިފަ އެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.