ކޮވިޑް-19 އަށް ޕޮޒިޓިވްވި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބަލިން ފަސޭހަވެއްޖެއެވެ. 

ޝަމާލް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ. 

ޝަމާލްގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ އައިސޮލޭޝަން ގައި މަޑުކުރަަންޖެހޭ އެންމެފަހު ދުވަސް ކަމަށާއި، ބަލިން އެއްކޮށް ފަސޭހަވެ ވަރަށް އަވަހަށް ޑިއުޓީ އަށް ނިކުންނަވާނެ ކަމަށެވެ. 

އާއިލާ، ރައްޓެހިންގެ އިތުރުން ގާތް ތިމާގެ މީހުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝަމާލް ވަނީ އޭނާގެ ޕޯސްޓުގައި ޝުކުރު އަދާކުރައްވާފައެވެ. 

ޝަމާލް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ބައްދަލުވެފައިވާ މީހުން އެކަހެރި ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ އަސްކަރީއްޔާގެ އިތުރުން ފުލުހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.