ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު ވަކިގޮތަކަށް އަނބުރާލަަން އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުންނަވައިގެން 100،000 ޑޮލަރުގެ ރިޝްވަތު ނެންގެވިކަމުގެ ދައުވާ އުފުލާފައިވާ އަބްދުﷲ އާޒިމްގެ ދައުވާގެ އަޑުއެހުންތައް ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާޒިމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، އާޒީމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލައިދޭން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އާޒިމް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ އިސްކޮށް ތިބި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އާއި އަބްދުﷲ ޒިޔަތުގެ އިތުރުން އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ ތަހުގީގޫ ވަކި ގޮތަކަށް އަނބުރާލަން 100،00 ޑޮލަރު ނަގާފައިވާ ކަމަށެވެ.

 އަދި އެ މުއަމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް އޭނާގެ ކޮއްކޮގެ އެކައުންޓަށް 771،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.