އަންހެނުންނާއި ކުޑަ ކުދިން ރައްކާތެރިކުރުމާއި ގުޅޭ މަޝްރޫއުއެއް ހިންގުމަށް އދ. އާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

އދ.ގެ ކޮވިޑް ރެސްޕޮންސް ފަންޑުން 452,500 ރުފިޔާއަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އދ.ގެ ފަރާތުން ސޮއިކުރެއްވީ އދ.ގެ ރެސިޑެންސް ކޯޑިނޭޓަރ ކެތްރިން ހޭސްވެލް އެވެ.

''ޑިޖިޓަލައިޒިންގ އެންޑް ސްޓްރީމިންގ ސޯޝަލް ސަރވިސަސް އެންޑް ކްރިއޭޓިން އަ ޔުނިފައިޑް ފްލެޓްފޯމް ފޯ ނޭޝަނަލް ކެއަރ'' ޕްރޮޖެކްޓް ހިންގުމުގެ މަގްސަދަކީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ފަދަ ހާލަތްތަކުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާއާއި ފަގީރުކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

މިޕްރޮޖެކްޓް ވެގެންދާނީ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީއަށް) އަށް ވާސިލްވުމަށް އެހީތެރިވެދޭ ޕްރޮޖެކްޓަކަށެވެ. 

މި މަޝްރޫގެ ދަށުން މިންތީގެ ތަފާތުކުރުންތަކާއި، އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި، މިހާރަށްވުރެ، އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ މި ސަރުކާރުން މިންތީގެ ހަމަހަމަކަން ގާއިމުކޮށް، އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.