ޚަބަރު
ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކޮށް، ރާއްޖޭގައި ބޯންމެރޯ ހަދަން ފަށަނީ

އަހަރެއް ތެރޭ ފަސް ކުއްޖަކަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ހަމަޖައްސައި، ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުގައި ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓުގެ ހިދުމަތް ފޯރުކޮށްދޭން ހަމަޖައްސާފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި އެއް ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިވަގުތު ވެސް މި ހިދުމަތް ބޭނުންވެފައި ތިބި ކުދިން އެބަތިބި ކަމަށާއި އެގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން އެ ހުރިހާ ކުދިންނަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެ ފަރުވާ ކުރެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ރަސްމީ ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޝަރުތު ހަމަވާ ކޮންމެ ކުއްޖަކަށް ވެސް އެކަން ކުރެވޭނެ ނިޒާމަކަށް ކަންކަން ބައްޓަން ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި މިކަން ހައްލުކުރަން ތެލެސީމިއާ ބައްޔަށް ފުރިހަމަ ފަރުވާ ފޯރުކޮށްދެވޭނެ ހޮސްޕިޓަލެއް ގާއިމުކުރަން ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ ހޮސްޕިޓަލު ގާއިމުކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އަދި މި ހޮސްޕިޓަލު ގާއިމުކުރުމަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top