ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓް ކަމަށްވާ ސޮނެވާ ޖާނީއިން 27 އައު ވޯޓަރ ވިލާއާއެކު އެ ރިސޯޓްގެ ޗެޕްޓަރ 2 ލޯންޗްކޮށްފިއެވެ. 

އެ ރިސޯޓުން މި ހަފްތާގައި ވަނީ އައު 27 ވޯޓަރ ވިލާގެ އިތުރުން އައު ޑައިނިންގ ކޮންސެޕްޓްއަކާއި ސޮނެވާ ވެލްނެސް ސެންޓަރުގެ އިތުރުން ރިސޯޓުގެ ތަޖުރިބާ ފުރިހަމަކުރުމަށް ސޮނެވޭ އަންލިމިޓެޑް ވެސް ތައާރަފްކޮށްފައެވެ. 

އަލަށް ހުޅުވުނު ވިލާތަކުގެ ތެރޭގައި އެއް ކޮޓަރީގެ ވިލާއިން ފެށިގެން ހަތަރު ކޮޓަރީގެ ވިލާ ހިމެނޭނެ ކަމަށް އެ ރިސޯޓުން ބުނެފައިވެއެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުން ޖާގައިގެ ގޮތުން އަދި ލަގްޒަރީގެ ގޮތުން ފާހަގަކުރެވޭނެ ވިލާތަކެއް ކަމަށް ވެސް އެ ރިސޯޓުން ބުނެފައިވެއެވެ. ކޮންމެ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލެއްގެ އިތުރުން ވޯޓަރ ސްލައިޑެއް ވެސް ހިމެނޭނެއެވެ. މި ވިލާތައް ފަރުމާކޮށްފައިވަނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަމަށާއި މިއިން ވިލާއެއް ބުކް ކުރުމާއެކު އަލަށް ތައާރަފްކުރެވުނު ސޮނެވާ އަންލިމިޓެޑް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ ރިސޯޓުން ބުނެފައިވެއެވެ. 

ސޮނެވާ އަންލިމިޓެޑްގެ ދަށުން ގެސްޓުންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި، ރިސޯޓްގެ ހުރިހާ ބާ، ރެސްޓޯރަންޓް އަދި އިން ވިލާގައި އަންލިމިޓެޑް ޑައިނިންގ، އަންލިމިޓެޑް އަލްކޮހޯލިކް އަދި ނަން އަލްކޮހޯލިކް ޑްރިންކްސް، ސޮނެވާ އަންލިމިޓެޑް ލިސްޓުގެ ވައިން، ޑައިވިންގ، ސްޕާ ޓްރީޓްމަންޓްތައް އަދި އެހެނިހެން ބައިވަރު ކަންކަން ހިމެނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.