މި ސަރުކާރުގެ އެންމެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އަދި ފިލްމީ ތަރި އަހްމަދު ޒިޔާ އެންގޭޖްވެއްޖެއެވެ.
ޝިދާތާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިއްޔެގެ ވަގުތެއްގައި ޒިޔާއާ އެންގޭޖްވިކަން ހާމަކުރައްވާފައެވެ. ޝިދާތާގެ ޕޯސްޓްގައި ވަނީ "ފުރިފައިވާ ހިތަކާއެކު މިއީ ހަޔާތުގެ އައު ދަތުރެއް، އައު ފެށުމެއް" ކަމަށް ވިދާޅުވެފައެވެ.
ޝިދާތާ އަދި ޒިޔާ އެންގޭޖްވި ނަމަވެސް ދެ މީހުން ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. ޝިދާތާ އަދި ޒިޔާ ވެސް މީގެކުރިން ކައިވެނި ކޮށްފައިވެއެވެ. އެގޮތުން ޝިދާތާ އެއް ކައިވެނި ކުރެއްވިއިރު ތިން ދަރިން އެބަތިއްބެވެ. ހަމައެހެންމެ ދެ ކައިވެންޏެއް ޒިޔާކޮށްފައިވާއިރު އެއް ދަރިއަކު ހުރެއެވެ.
ރާއްޖޭގެ އޮންލައިން ނޫހަކާއި ވާހަކަ ދައްކަވަމުން ޝިދާތާ ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު ދެ މީހުން ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.