ކޮވިޑް 19 އަށް ރާއްޖެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1000 އިން މައްޗަށް އަރައިފިއެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ކޮވިޑްގެ 1023 އެކްޓިވް ކޭސް ވަނީ ރެކޯޑް ކުރެވިފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަހައްދުން 532 ކޭސް، އަތޮޅުތަކުން 126 ކޭސް، އޮޕަރޭޓްކރުަމުންދާ ރިސޯޓްތަކުން 342 ކޭސް، ސަފާރީ އުޅަނދުތަކުން 9 ކޭސް، އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްތަކުން 3 ކޭސް އަދި ހަދަމުން އަންނަ ރަށްތަކުން 13 ކޭސްއެއް ވަނީ ރެކޯޑް ކުރެވިފައެވެ، 

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. މުޅި ޖުމްލަ ރާއްޖެއިން 14،756 މީހަކަށް މި ބަލި ޖެހިފައިވާއިރު އޭގެތެރެއިން 13،684 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 74 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. 

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 62.56 އިންސައްތަ މީހުންނަކީ ދިވެހިންނެވެ. ދެވަނައަށް އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝް މީހުން ކަމަށްވާއިރު ރާއްޖެއިން ތިންވަނައަށް އެންމެ ގިނައިން ޕޮޒިޓިވްވީ އިންޑިއާ މީހުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.