މާލޭ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކޮށްފައިވާ "ލޮނުޒިޔާރަތް ޕާކް" ގައި ޔޯގާ ކްލާސްތަކެއް ފަށައިފިއެވެ.
މި ކްލާސްތައް ކުރިޔަށް ގެންދަނީ މާލޭ ސިޓީ ކައުންސިލާއި މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ކްލާސްތައް އެ ޕާކްގައި ކުރިޔަށް ގެންދަނީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާއްމުކޮށް ހުޅުވާލައިގެންނެވެ.
ސިޓީ ކައުންސިލްއިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ހަފްތާއަކު ތިން ދުވަހު މި ކްލާސްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހުކުރު، ހޯމަ އަދި ބުދަ ދުވަހު މި ކްލާސްތައް އެ ޕާކްގައި ކުރިޔަށް ގެންދާނެއެވެ.
ކްލާސްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ދުވަސްތަކުގެ ހެނދުނު 6 އިން 7 އަށެވެ. މި ކްލާސްތައް މިއަދު ފެށުނުއިރު ދެ ޖިންސްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.