ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އިން ހިންގާ ތިން ރިސޯޓުން ދިވެހިންނަށާއި ވޯރކް ޕަރމިޓް ހޯލްޑަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކައިމޫ ޓްރެވަލްސް އެންޑް ސަރވިސަސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ސަމަރ އައިލެންޑް މޯލްޑިވްސް، އެނބޫދޫ ވިލެޖް، އަދި އީކުއޭޓަރ ވިލެޖްއިން ދިވެހިންނަށާއި ވޯރކް ޕަރމިޓް ހޯލްޑަރުންނަށް ވަރަށް އަގުހެޔޮކޮށް ތިބެވޭނެއެވެ.

އެގޮތުން، ސަމަރ އައިލެންޑް މޯލްޑިވްސްގައި ދެ ބޭފުޅަކަށް ސުޕީރިއަރ ވިސްޓަރ، ސުޕީރިއަރ ބަންގެލޯ، ނުވަތަ ސުޕީރިއަރ ބީޗް ވިލާގައި ރެޔަކަށް 4،009 ރުފިޔާއަށް ވަގުތު ހޭދަކޮށްލެވޭނެއެވެ. މި ބޭފުޅުންނަށް ތިން އިރު ކެއުމާއި، ބުއިން، ހަވީރު ސައި އަދި ދެކޮޅު ދަތުރު މާލެއިން ހަމަޖައްސައިދޭނެއެވެ. 5 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ތިބެވޭނެކަމަށާއި، 5-15 އަހަރާއި ދެމެދުގެ އުމުރުގެ ކުއްޖެއްގެ ބޮލަކަށް ނަގާނީ 1،002 ރުފިޔާކަމަށްވެސް ކައިމޫއިން ވަނީ ބުނެފައެވެ. ތިން ރެޔަށްވުރެ ގިނަ ރޭ ތިބޭ ބޭފުޅުންނަށް މިޔަށްވުރެވެސް އަގުހެޔޮ ވާނެކަމަށް ކައިމޫއިން ބުނެއެވެ. މާލެއިން ސަމަރ އައިލެންޑް މޯލްޑިވްސް އަށް ދިޔުމަށް ނަގާނީ ގާތްގަޑަކަށް 45 މިނިޓުވެ.

ކައިމޫއިން ހިންގާ އެނބޫދޫ ވިލެޖްގެ ސުޕީރިއަރ ބަންގެލޯއެއްގައި 3،007 ރުފިޔާއަށް އަދި ވޯޓަރ ބަންގެލޯއެއްގައި 3،778 ރުފިޔާއަށް ޕްރޮމޯޝަންގެ ދަށުން ތިބެވޭނެއެވެ. 5 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ތިބެވޭނެކަމަށާއި، 5-15 އަހަރާއި ދެމެދުގެ އުމުރުގެ ކުއްޖެއްގެ ބޮލަކަށް ނަގާނީ 617 ރުފިޔާކަމަށްވެސް ކައިމޫއިން ވަނީ ބުނެފައެވެ. އެނބޫދޫ ވިލެޖްއިން ހަވީރު ސައި އަދި ދެކޮޅު ދަތުރު ހަމަޖައްސައިދިނުމަށް ނިންމާފައިވާއިރު، މާލެއިން އެނބޫދޫއަށް ދިޔުމަށް ނަގާނީ 20 މިނިޓެވެ.

މީގެއިތުރުންވެސް، އައްޑޫ ގަމުގައި ހުންނަ އީކުއެޓާރ ވިލެޖުގައި ދެ ބޭފުޅަކަށް 2،251 ރުފިޔާއަށް ތިބުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، 5 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ތިބެވޭނެކަމަށް ކައުމޫއިން ވަނީ ބުނެފައެވެ. 5-15 އަހަރާއި ދެމެދުގެ އުމުރުގެ ކުއްޖެއްގެ ބޮލަކަށް ނަގާނީ 463 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮމޯޝަންގެ ދަށުން ހަވީރު ސައި، އެއަރޕޯޓް ދެކޮޅު ދަތުރު ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކައިމޫގެ މި ތިން ރިސޯޓަށް ދާދިފަހުންވަނީ ކޮވިޑް ސޭފްޓީގެ ގޮލްޑް ސެޓްފިކެޓްވެސް ލިބިފައެވެ. މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މި ތިން ރިސޯޓުންވެސް އަޅާފައިވާ ފިޔަވަޅުތައް ބަލައިގަނެ ހޮޓެލް ރެސިލިއެންޓްގެ ފަރާތުން ދީފައިވާ ސެޓްފިކެޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.