ގިލި ލަންކާ ރިސޯޓުން އެ ރިސޯޓާއި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ކ. ހިންމަފުއްޓާއި ގިލި ލަންކާ ފުށި ރިސޯޓާއި ދެމެދުގައި އޮންނަ ފިނޮޅެކެވެ. ފިނޮޅުގެ މިލްކު ވެރިކަން ރިސޯޓުގައި ނޯންނަ އިރު، އެ ރިސޯޓުން މިގޮތަށް އަމަލު ކޮށްފައިވަނީ ފިނޮޅަށް ޕިކްނިކް އާންމު ރައްޔިތުން ދިއުން ހުއްޓުވުމަށްޓަކައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހިމެނޭހެން ބަޔަކު ގޮސް ކޯރުކަނޑާ ފިނޮޅު ހަލާކު ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ކ. ހިންމަފުށީ ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ވަނީ ހުއްޓުވާފައެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު، މި މައްސަލަ އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ގެނައުމަށްވެސް އާންމު ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.