ކޮވިޑް-19 އަށް މިއަދު 53 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ދިވެހިރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 14،765 އަކަށް އަރައިފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 29 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 5 މީހެކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެކަކާއި ހަދަމުންދާ ރަށަކުން ޕޮޒިޓިވްވި އެކަކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 2،541 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1،025 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި ތިބި މީހުންގެ އަދަދު ވަނީ 74 އަށް އަރާފައެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 13،683 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މިއަދު މި ބަލީގައި މީހަކު މަރުވެފައިވާއިރު، މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 50 އަށް އަރާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.