ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާގެ އެއާޕޯޓު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބައިނަލްއަގްވާމީ ފަތުރުވެރިކަމަށް އެ ގައުމުގެ ދޮރުތައް ހުޅުވާލުމުން ދިވެެހިރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ޓްވީޓް ކުރައްވަމުން ޑރ.މައުސޫމް ވިދާޅުވީ، ލަންކާގެ ބޯޑަރުތައް ހުޅުވާލުމާއެކު ރީޖަނަލް ޓޫރިޒަމް ޕްރޮމޯޓް ވެގެންދާނެކަމަށެވެ. އަދި، ސްރީލަންކާގެ އެއަރލައިން 'ފްލައި ސްރީލަންކާ'އިން ލަންޑަނާއި ދިވެހިރާއްޖެއާ ދެމެދު އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާފައިވުމަކީވެސް ޓޫރިޒަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ސިފަ ކުރެއްވިއެވެ.

ސްރީލަންކާ އިން ފަތުރުވެރިކަމުގެ ދޮރުތައް އަލުން ހުޅުވާލާފައިވާއިރު، ދިރިއުޅުމުގެ ހަރަދު ފުއްދުމަށް ލަންކާގެ ތިން މިލިއަނަށް ވުރެ ގިނަ މީހުން ބަރޯސާވަނީ ފަތުރުވެރިކަމަށެވެ. މިއަދު އެއަޕޯޓުތައް ހުޅުވާލާފައިމިވަނީ މި ކަންކަމަށް ރިއާޔަތްކޮށް، ގައިޑްލައިންތަކެއް ވެސް އެކުލަވާލުމަށްފަހުއެވެ.

އެގޮތުން، 14 ދުވަހުގެ މުއްދަތަށް އެ ގައުމަށް އެތެރެވާ ފަތުރުވެރިޔާ ހުންނަން ޖެހޭނީ ޓޫރިޒަމް ބޯޑުން ހުއްދަ ދީފައިވާ ''ލެވެލް 1'' ގެ ހޮޓަލެއްގަ އެވެ. އަދި ލަންކާއަށް އެތެރެވާއިރު ކޮވިޑް-19 އިންޝުއަރެންސް ވެސް އޮންނަން ޖެހޭއިރު، ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއެއްވެސް ހުށައަޅަން ޖެހެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.