ނިމުނު އަހަރު ހުށަހެޅުނު ބަދުއަހުލާޤީ މައްސަލަތައް އިތުރުވެއްޖެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވެއެވެ. އަދި މިދިޔަ އަހަރު 490 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 219 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 245 މައްސަލައެވެ. އަދި ކައުންޓަރ ފީޑް ފޯޖަރީގެ 87 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު 108 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ.
މަކަރާއި ހީލަތުގެ 498 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު 609 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ.