ރިޔަލު ދޯންޏެއްގައި ކ. މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެނެއްގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފް މާލެ އޭރިއާ އިން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ކޯސްޓް ގާރޑްގެ އެފްއައިސީ އަށް އޭނާ ފެނިފައިވަނީ 18:26 ހާއިރުއެވެ. މިހާރު ކޯސްޓް ގާރޑްގެ ލޯންޗުން ވަނީ އޭނާ ނަގާފަައެވެ. އޭނާގެ ހާލު ރަނގަޅުކަމެއް ނުވަތަ ނޫންކަމެއް އަދި އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުންދިޔަ މީހަކީ މާފުށި، ޝޭޑީ ގްލޯވަރ، އަހުމަދު އާދަމް މަނިކުއެވެ. އޭނާ އެ ރަށުން ފުރާފައިވަނީ ފަތިހު 5:30 ހާއިރު ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެމްއެންޑީއެފުން ބުނީ އެމީހާ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދުގެ މެންދުރު 14:08 ހާއިރު ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.