އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ވެކްސިން ބެހެއްޓިފައިވަނީ ހުންނަން ޖެހޭ މިންގަނޑުގައި ކަމާށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.

ބުދަ ދުވަހު އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވަނީ 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިންގެ ޝިޕްމެންޓެކެވެ. މިއީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑްއާ އެސްޓްރަޒެނިކާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ހުންނަ ސެރަމް އިންސްޓްޓިޓިއުޝަނުން އުފައްދާފައިވާ ވެކްސިނެކެވެ.

މި ވެކްސިން ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޕްރޫވަލް ލިބުމުންނެވެ. އެހެންކަމުން، ވެކްސިން ރައްކާކޮށްފައި ބަހައްޓަން ޖެހޭއިރު، އެކަން މިހާރު ކުރެވެމުންދާކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

އެގޮތުން، ވެކްސިން މިހާރު ބެހެއްޓިފައިވަނީ ހުންނަން ޖެހޭ މިންގަނޑުގައި، އެޗްޕީއޭގެ ކޮލްޑް ރޫމްގައި ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ. އަދި ވެކްސިންގެ ރައްކާތެރިކަންވެސް މޮނިޓަރ ކުރެވެމުންދާކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ޑިޕާރޓްމެންޓް އޮފް ބައޯޓެކްނޮލޮޖީގެ ސެކްރެޓަރީ ރެނޫ ސްވަރަޕް ހާމަކޮށްފައިވާ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މި ވެކްސިން ބަހައްޓަން ޖެހެނީ 2 ޑިގްރީސްއާ 8 ޑިގްރީސް ސެލްސިއަސް އާ ދެމެދުގެ ޓެމްޕަރޭޗަރ އެއްގައެވެ. މި ވެކްސިނަކީ ކޮވިޑް އާ ދެކޮޅަށް މަސައްކަތްކުރުމުގައި 70.4 އިންސަައްތަ ކާމިޔާބު ވެކްސިނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.