އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދުގެ ދަށުން ދެ ފަނޑިޔާރަކު މަގާމުން މުސްކުޅިކުރައްވާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފަނޑިޔާރު ކަމުގެ މަގާމުން މުސްކުޅިކުރައްވާފައިވާ ފުރަތަމަ ފަނޑިޔާރަކީ ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ފަހިދޫ، ލ. ފޮނަދޫ، އަހްމަދު ފަހީމްއެވެ. އޭނާ މަގާމުން މުސްކުޅި ކުރެވުނީ 10 ޖެނުއަރީ 2021ގައެވެ. އަހްމަދު ފަހްމީ ވަނީ ޝަރުޢީ ދާއިރާގައި 24 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައެވެ.

ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރައްވާފައިވާ ދެވަނަ ފަނޑިޔާރަކީ ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި ރަމްޒު، ހދ. ނެއްލައިދޫ، އަބްދުއްރައްޒާގް އާދަމްއެވެ. އޭނާ މަގާމުން މުސްކުޅި ކުރެވުނީ 13 ޖެނުއަރީ 2021 ގައެވެ. ރިޓަޔަރ ކުރެއްވުމުގެ ކުރިން ޝަރުޢީ ދާއިރާގައިވަނީ 37 އަހަރު މަސައްކަތް ކުރައްވާފައެވެ.

މި 2 ބޭފުޅުންވެސް މަގާމުން މުސްކުޅިވެވަޑައިގެންނެވުމާއި ގުޅިގެން ޖޭއެސްސީގެ މެންބަރުންނާއި މުވައްޒިފުންގެ ނަމުގައިވަނީ ތަހުނިޔާ ދަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.