ދިވެހިރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރާ ގެސްޓްހައުސްތަކުގެ އަދަދު 300 އަށް އަރާފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމުކަށް އައުމަށްފަހު މިހާރު އަނެއްކާވެސް ފަތުރުވެރިން ދިވެހިރައްޖެއަށް އަންނަންވަނީ ފަށާފައެވެ. މިއާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީއިން އަންނަނީ ދޫކުރަމުންނެވެ. އެ މިނިސްޓްރީއިން އަންގާރަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން، އޮޕޕަރޭޓް ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ގެސްޓްހައުސްތަކުގެ އަދަދު ވަނީ 300 އަށް އަރާފައެވެ. 

އެގޮތުން، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން 15 އަތޮޅެއްގައި 47 ގެސްޓްހައުސްއެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. މިހާރު ހުއްދަ ދޫކޮށްފައިވާ ގެސްޓްހައުސްތަކުގެ ތެރޭގައި ހިމެނެނީ ހއ އަދި ސ އަތޮޅުން 6 ގެސްޓްހައުސްއަކާއި، ހދ، ލ، އަދި ގދ އަތޮޅުން 2 ގެސްޓްހައުސްއަކާއި، ށ، ނ، ފ، އަދި ތ އަތޮޅުން 1 ގެސްޓްހައުސްއަކާއި، ބ އަތޮޅުން 12 ގެސްޓްހައުސްއަކާއި، ކ އަތޮޅުން 134 ގެސްޓްހައުސްއަކާއި، އއ އަތޮޅުން 66 ގެސްޓްހައުސްއަކާއި، އދ އަތޮޅުން 34 ގެސްޓްހައުސްއަކާއި، ވ އަތޮޅުން 24 ގެސްޓްހައުސްއަކާއި، ޏ އަތޮޅުން 8 ގެސްޓްހައުސްއެކެވެ.

މީގެއިތުރުންވެސް، 142 ރިސޯޓް އަދި މެރީނާ، 133 ލައިވްބޯރޑް އަދި 11 ހޮޓަލަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީއިން ދޫކޮށްފައިވެއެވެ. މިހާރު ދިވެހިރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ޖެނުއަރީ 19 ވަނަ ދުވަހާއި ހަމައަށް މި އަހަރު 55،727 ޓޫރިސްޓުން ދިވެހިރާއްޖެއަށް އައިސްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.