އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑް އިން އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އެ ކުންފުނީގެ ސީއެފްއޯގެ މަގާމަށް ހޯދަނީ އިންޓަނޭޝަނަލް ފެޑެރޭޝާން އޮފް އެކައުންޓެންޓްސް އިން ބަލައިގަނެފައިވާ އެކައުންޓިންގ ބޮޑީއެއްގައި ރަޖިސްޓަރ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން 10 އަހަރުގެ ހިންގުމުގެ ތަޖުރިބާ ހުރި ފަރާތެކެވެ. 

އެކައުންޓިން، ފައިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ހާސިލްކޮށް 12 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ވަނީ ހާމަކޮށްފައެވެ.

މި މަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަގާމަށް އެދި ކުރިމަތިލުމަށް ހުށަހަޅާ ފޯރމް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެގޮތުން، ފޯމާއި، ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި ވަނަވަރު އެ ކުންފުނީގެ މެއިލް ([email protected]) އަށް 4 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޮނުއްވުމަށް އައިލެންޑް އޭވިއޭޝަން އިން ވަނީ އެދިފައެވެ.

އައިލެންޑް އޭވިއޭޝަން އަކީ 100 އިންސައްތަ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏެކެވެ. މިއީ ރާއްޖޭގެ ނެޝަނަލް އެއަރލައިން މޯލްޑިވިއަންގެ އޮޕަރޭޓަރއެވެ. އައިލެންޑް އޭވިއޭޝަންގެ ސީއެފްއޯގެ މަގާމް އެންމެ ފަހުން އަދާކޮށްފައިވަނީ މުހައްމަދު ޝަހީންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.