ރިޔަލު ދޯންޏެއްގައި ކ. މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެނެއްގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފް މާލެ އޭރިއާ އިން އޭނާ ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދާ މީހަކީ މާފުށި، ޝޭޑީ ގްލޯވަރ، އަހުމަދު އާދަމް މަނިކު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އެމީހާ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދުގެ މެންދުރު 14:08 ހާއިރު ކަމަށެވެ.
އޭނާ އެ ރަށުން ފުރާފައިވަނީ ފަތިހު 5:30 ހާއިރު ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.