ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނާ ގާނޫނަށް އިސްލާހު ގެނެސް، އިންތިހާބު ބާއްވާ ތާރީހު އަވަސް ކުރުމަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ލޯކަަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނުގައިވާގޮތުން އިންތިހާބު ބޭއްވޭނީ އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހޭ ކަމަށް ގާނޫނުގައި ބުނެއެވެ. 

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ވަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެ ގޮތް މަގުފަހިކުރުމަށްޓަކައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށައެޅުނު ބިލް ފާސްކޮށްފައެވެ. މަޖިލީހުން ގެނައި އިސްލާހުގައި ވާގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. 

މި ބިލް ތަސްދީގު ކުރައްވާތާ 7 ދުވަސް ތެރޭގައި އިންތިހާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނެއެވެ. އަދި އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުގައި ނުބޭއްވޭ ހާލަތުގައި، ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އީސީ އިން އެކަން މަޖިލީހަށް އަންގަން ޖެހޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.