މަނީލޯންޑަރ ކުރެއްވިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތާއި ދިމާކޮށް، ގްރީން ޒޯން އަދި ހައި ކޯޓު ސަރަހައްދު ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ ސަލާމަތީ ބޭނުމަށްޓަކައި ގްރީން ޒޯން އަދި ހައި ކޯޓްް ހިމެނޭ ސަރަހައްދު މިއަދު 13:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ. 

ރައީސް ޔާމީނަށް ހުކުމް އިއްވާ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 14:15 ގަ އެވެ. އެ ޝަރީއަތް ހައި ކޯޓުން ވަގުތުން ދުރަށް ދައްކާ ޝަރީއަތެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. 

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައަކީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެއެވެ.

އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ ހުކުމް ތަންފީޒަ ކުރައްވަމުންނެވެ.

މިމައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.