އެކި މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު ހައްޔަރުކުރި މީހުންނަށްވުރެ 2020 ވަނަ ހައްޔަރުކުރި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފްސާހިސާބުތައް ދައްކާގޮތުން އެކި މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު 3327 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި ފާއިތުވި އަހަރު ވަނީ 3849 މީހުން އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައެވެ. 

މީގެއިތުރުން ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ ކުރެވުނު މައްސަލަތައް 2019 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި 2020 ވަނަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު 1571 މައްސަލައެއް ޕީޖީ ކޮށްފައިވާއިރު ފާއިތުވި އަހަރު 1724 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.