ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާގެ އެއާޕޯޓު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބައިނަލްއަގްވާމީ ފަތުރުވެރިކަމަށް އެ ގައުމުގެ ދޮރުތައް ހުޅުވާލައިފިއެވެ.

ސްރީލަންކާ އިން ފަތުރުވެރިކަމުގެ ދޮރުތައް އަލުން ހުޅުވާލާފައިވާއިރު، ދިރިއުޅުމުގެ ހަރަދު ފުއްދުމަށް ލަންކާގެ ތިން މިލިއަނަށް ވުރެ ގިނަ މީހުން ބަރޯސާވަނީ ފަތުރުވެރިކަމަށެވެ. މިއަދު އެއަޕޯޓުތައް ހުޅުވާލާފައިމިވަނީ މި ކަންކަމަށް ރިއާޔަތްކޮށް، ގައިޑްލައިންތަކެއް ވެސް އެކުލަވާލުމަށްފަހުއެވެ. 

އެގައުމަށް އެތެރެވެވޭ ފަތުރުވެރިންގެ އަދަދުތައް ކަނޑައެޅުމަށް ނިންމާފައިވަނީ އަމިއްލަ ލެބޯޓްރީތަކުގެ ޓެސްޓިންގް ކެޕޭސިޓީއަށް ބެލުމަށްފަހުއެވެ. މި އަދަދުތައް ކޮންޓްރޯލް ކުރާނީ އެގައުމުގެ ހެލްތު މިނިސްޓްރީންނާއި ޓުއަރިޒަމް މިނިސްޓްރީންނެވެ. 

މީގެއިތުރުން 14 ދުވަހުގެ މުއްދަތަށް އެ ގައުމަށް އެތެރެވާ ފަތުރުވެރިޔާ ހުންނަން ޖެހޭނީ ޓޫރިޒަމް ބޯޑުން ހުއްދަ ދީފައިވާ ''ލެވެލް 1'' ގެ ހޮޓަލެއްގަ އެވެ. އަދި ލަންކާއަށް އެތެރެވާއިރު ކޮވިޑް-19 އިންޝުއަރެންސް ވެސް އޮންނަން ޖެހޭއިރު، ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއެއްވެސް ހުށައަޅަން ޖެހެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.