8 ރަށަކަށް ފިޝަރީޒް ރޭންޖަރުން ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން ފިޝަރީޒް ރޭންޖަރުން ހޯދާ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ޅ. ނައިފަރު، ތ. ހިރިލަންދޫ، ލ. ގަން، ގއ. މާމެންދޫ، ގއ. މާމެންދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ހިތަދޫ އަށެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތެއްކަމަށް ބުނެފައިވަނީ މިނިސްޓްރީގެ ފަރާތުން މަސްވެރިކަން ކުރާ އުޅަނދު ފަހަރަށާއި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ތަންތަނާއި މެރިކަލްޗަރ / އެކުއަކަލްޗަރ ކުރާތަންތަނަށް ދޫކުރާ ހުއްދަތައް ދޫކުރުމާއި ފިޝަރީޒް ކޮމްޕްލައަންސް ސެކްޝަނުން ކަނޑަޅާ ޕްލޭނާއި އެއްގޮތަށް، މިނިސްޓްރީއިން ލައިސަންސް ލިބިގެން މަސްވެރިކަން ކުރަމުންދާ އުޅަނދު ފަހަރާއި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ތަންތަނާއި މެރިކަލްޗަރ (އެކުއަކަލްޗަރ ކުރާތަންތަން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އިންސްޕެކްޓް ކުރުމަށްފަހު މިނިސްޓްރީން އަންގާ ގޮތަކަށް ރިޕޯޓްކުރުން ކަމަށެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަކުރެވިއްޖެ ނަމަ އެކަން މިނިސްޓްރީއަށް އެންގުމާއި، މަސްވެރިކަމުގެ ލައިންސަންސް މިނިސްޓްރީން ދޫކޮށްފައިވާ އުޅަނދު ފަހަރާއި އެފަރާތްތަކަށް ދޫކޮށްފައިވާ މަސްވެރިކަމުގެ ލައިސަންސެއްގެ ޝަރުތުތަކާއި ޚިލާފު އެއްވެސް ޢަމަލެއް ކުރަމުންދާނަމަ އެކަމެއް ބަލައި ރިޕޯޓްކުރުން ކަމަށެވެ. 

އެ ކަންކަމުގެ އިތުރުން މިނިސްޓްރީގެ ފަރާތުން ހަދާފައިވާ ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދު ފަހަރާއި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ތަންތަނާއި އެކުއަކަލްޗަރ މެރިކަލްޗަރ ކުރާތަންތަނުން މިނިސްޓްރީއަށް ފޮނުވަންޖެހޭ ރިޕޯޓުތައް ޤަވާއިދުން ފޮނުވަމުންދޭތޯ ޗެކްކުރުމާއި، ޤާނޫނާއި ގަވާއިދާއި ޚިލާފަށް، ރިޕޯރޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާ ފިޔަވަޅުތަކާއި ބެހޭ ގަވާއިދު ތަންފީޒުކުރުމެވެ. އޭގެއިތުރުން މަސްވެރިކަން ކުރާ އުޅަނދުފަރު އިންސްޕެކްޓް ކުރުން އަދި މިނިސްޓްރީން އަންގާ ބަނދަރެއްގައި މަސައްކަތް ކުރުމާއި، މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މަސައްކަތްތަކާއި، ސާވޭ، ވޯކް ޝޮޕް އަދި ދިރާސާތަކަށް ބޭނުންވާ މައުލޫމާތު ނެގުމުގައި މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. 

ފިޝަރީޒް ރޭންޖަރުން ހޯދުމަށް އިއުލާންކޮށްފައިމިވަނީ މަސްވެރިކަމުގެ ޤާނޫނު ވުޖޫދުކޮށް، އޭގެ ދަށުން ހަދަންޖެހޭ ގަވައިދުތައް އާންމުކުުރުމަށްފަހު އެވެ. އައު ޤާނޫނުގެ ދަށުން، މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.