ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެޕްރޫވް ނުކުރާ ކޮވިޑް-19 ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށް އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ. 

އިދިކޮޅުން ވެކްސިންއާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ޑަބްލިޔުއެޗްއޯއިން ޤަބޫލުކުރާ ވެކްސިން އަކަށް ދިވެހިން އެ ޖަމިއްޔާއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށް އެދިފައެވެ. އަދި ވެކްސިން އެއް ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށް ގޮވާލާފައިވެއެވެ. 

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ފާމަސިއުޓިކަލް ކުންފުނި ގުޅިގެން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖެއަށް ލިބިފައިވަނީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މި ވެކްސިންއާއި ގުޅިގެން އެކި ގޮތްގޮތަށް ވާހަކަދެކެވެމުންދާއިރު، އެއްބަޔަކު ބުނަމުންދަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންއަކީ ޑަބްލިއުއެޗްއޯ އިން އެޕްރޫވްކޮށްފައިނުވާ ވެކްސިން އެއް ކަމަށެވެ. 

މިވާހަކަތަކަށް ރައްދު ދެއްވައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެގޮތުން، ވެކްސިނަކީ ތަދު އެއްޗެއް ކަމަށާއި ވެކްސިން ހޯދުމަށް ގިނަ ގައުމްތަކުން މަސައްކަތް ކުރަމުންދާއިރު ރާއްޖެއިން ވެސް މިކަމުގައި އަމަލު ކުރަމުން މިދަނީ އެހެން ގައުމުތަކުން ވެސް އަމަލު ކުރަމުންދާ އުސޫލާއި އެއްގޮތަށް ކަމަށެވެ. އަދި މި ވެކްސިންއަކީ ޓެސްޓު ކުރުމުގެ ހުރިހާ ޓްރަޔަލްތައް ނިމިފައިވާ ވެކްސިންއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.