ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 79 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 36 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 35 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 6 މީހެކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ 2 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،428 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1،017 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 79 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 13،639 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައިވެއެވެ.
މިއަދު ރާއްޖެއަށް ކޮވިޑް ވެކްސިން ގެނެސްފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްޚީ ހިދުމަތްތެރިންނަށެވެ. އެހެންނަމަވެސް، ވެކްސިން ދޭން ފަށާނެ ސީދާ ތާރީޚެއް އަދި އެޗްޕީއޭއިން ހާމަަކޮށްފައެއް ނުވެއެވެ.