އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަންއާއި 49 ވަނަ ނައިބު ރައީސް ކަމަލާ ހެރިސް މަގާމުގެ ހުވާކުރެއްވުމާއި ގުޅިގެން އެ ދެ ބޭފުޅުންނަށް ރައީސުލްޖުމްހޫއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެ ދެ ބޭފުޅުން މަގާމުގެ ހުވާކުރެއްވުމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ރައީސް ޞާލިހުވަނީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބައިޑަންގެ ވެރިކަމުގައި މި ގުޅުން އިތުރަށް ހަރުދަނާކޮށް ގުޅިގެން ގިނަ ކަންތައްތަކުގައި މަސައްކަތް ކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

ޖޯ ބައިޑަންއާއި ކަމަލާ ހެރިސް ހުވާކުރެއްވީ މިއަދު އެމެރިކާގެ ކެޕިޓަލް ވޮޝިންޓަންގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބައިޑަން އުމުރުފުޅުން 78 އަހަރުގައި ހުވާ ކުރެއްވިއިރު، މިއީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ އުމުރުން ދުވަސްވީ ރައީސްއެވެ. ކަމަލާ ހެރިސްއަކީ އެމެރިކާގެ ތާރީޚުގައި ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެވޭ ފުރަތަމަ އަންހެން ބޭފުޅާއެވެ. އަދި، ކަޅު ނަސްލުގެވެސް ފުރަތަމަ ބޭފުޅާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.