ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެކު ޕްލޭނިންގ މިނިސްޓްރީއިން ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވެވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއުއެކެވެ. މިއީ އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. އެގޮތުން، 50 މީޓަރުގެ ފަސް ގްރޮއިންއާއި، 30 މީޓަރުގެ އެއް ގްރޮއިން ގާއިމްކޮށް ގިރާ ސަރަހައްދު ހިމާޔަތްކުރެވޭނެއެވެ.

މިއީ 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް ހަވާލުކުރެވެނު މަޝްރޫއުއެކެވެ. މި މަޝްރޫއުއަށް ޖުމްލަ 6،399،518.39 ރުފިޔާ ހަރަދުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.