ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެސްޓްރާޒެނެކާއެކު ރާއްޖެއިން ސޮއިކޮށްފައިވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަންނަން ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖއެވެ. 

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ނަޒްލާ ވިދާޅުވީ، މިއަދު އިންޑިއާއިން ރާއްޖެ އަށް ގެނައި އެއް ލައްކަ ޑޯޒްގެ ވެކްސިންގެ ތެރެއިން އާބާދީގެ 50،000 މީހުންނަށް ދެވޭނެ ކަމަށެވެ.

ރާއްޖެއިން އެސްޓްރާ ޒެނިކާގެ ވެކްސިން ގެންނަ ސޮއިކޮށްފައިވަނީ ސިންގަޕޫރް ގައި ހުންނަ އެ ގައުމުގެ ބްރާންޗާ ދެމެދުއެވެ. 

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ދޭން ފަށާނީ އެކަމަށް ފުރިހަމަޔަށް ތައްޔާރުވެގެން ކަމަށެވެ. ނަމަވެސް ވެކްސިން ޖަހަން ފެށޭނެ ސީދާ ތާރީހެއް ނަޒްލާ ވިދާޅެއް ނުވެއެވެ. އެންމެ ފުރަތަމަ ވެކްސިން ޖަހަން ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.