އޮޅުވެލިފުށީގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ ؛ މިހާރު ކުރަނީ ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީގެ މަސައްކަތް

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ކުރަމުންދާ ޅ.އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމެވެ. ހަމައެއާއެކު ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވެސް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ފެން ކުންފުނިން ބުނެއެވެ.

އޮޅުވެލިފުށީގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ ؛ މިހާރު ކުރަނީ ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީގެ މަސައްކަތް

މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ގާއިމްކުރުމަށް އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ އިތުރުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުން ހިމެނެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމާއި، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ގާއިމްކުރުމަށް އޮޅުވެލިފުށީގައި 6.56 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.60 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމުގެ އިތުރުން ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރާނެއެވެ. އަދި 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުމުގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފެން ކުންފުނިން ބުނެއެވެ.

އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފެން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއަކީ 80 މިލިއަން ދިވެހި ރުފިޔާއަށް 540 ދުވަހުގެ މުއްދަތަކަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *