ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު ޤައުމާ މުހާތަބުކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޤައުމާ މުހާތަބުކުރައްވާނީ މެންދުރު 14:00 ގައެވެ. 

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެކި ފަހަރުމަތިން ޤައުމާ މުހާތަބުކުރައްވާ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ.  

ރާއްޖެއަށް އިންޑިއާގެ ފަރާތުން ލިބޭ ކޮވިޑު ވެކްސިންގެ އެއް ލައްކަ ޑޯޒްގެ ޝިޕްމެންޓް ގެންނަ ފްލައިޓް ވަނީ މިހާރު ފުރާފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި މި ވެކްސިން ރާއްޖެއަށް ލިބޭނީވެސް މެންދުރު ފަހުގެ ވަގުތެއްގައެވެ. އިންޑިއާ ސަރުކާރުން މި ދަނޑިވަޅުގައި ރާއްޖެއަށް ވަމުންދާ އެހީތައް ރައީސް ސޯލިހުގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.