ކުޅިވަރު
ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތް: ފުރަތަމަ މެޗުތައް ފަތްމިނި އެސްސީއާއި އަނގޮޅި އެސްސީއަށް
މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ މޮޅު ކުޅުންތެރިން ---

އިސްމާއީލް ޝަފީއު ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗުތައް ފަތްމިނި އެސްސީއާއި އަނގޮޅު އެސްސީން ކާމިޔާބު ކޮށްފިއެވެ.

. ދަނބިދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އިސްމާއީލް ޝަފީއު ދަނބިދޫ ލޯމާފާނު އަންހެން ހޭންޑްބޯލް މުބާރާތް 2023 ރޭ ފެށީ ޖުމުލަ ހަތަރު ޓީމާއެކުގައެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާއެކު، ދެ މެޗު ރޭ ކުރިއަށް ގެންގޮސްފައިވެއެވެ.

ފުރަތަމަ މެޗުގައި ރޭ ވާދަކުރީ އަނގޮޅި ކުއީންސްއާއި އަނގޮޅި އެސްސީއެވެ. އެ މެޗު އަނގޮޅި އެސްސީ ކާމިޔާބުކުރީ 8-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިލްމާ އަބްދުލް ލަތީފެވެ. ދެވަނަ މެޗުގައި ފަތްމިނި އެސްސީއާއި ޓީމް ޗެމްޕިއަންސް ކޭބީ ވާދަކުރި އިރު، އެ މެޗު ފަތްމިނި އެސްސީ ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ އައިޝަތު ސިރާ އުމަރެވެ.

ދަނބިދޫ ކައުންސިލްގެ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ލީގު ބުރުގައި މިރޭވެސް ދެމެޗު އޮންނާނެއެވެ. މިރޭ އޮންނަ ފުރަތަމަ މެޗުގައި އަނގޮޅު އެސްސީ ވާދަކުރާނީ ޗެމްޕިއަން ކޭބީއާ ދެކޮޅަށެވެ. އަނގޮޅި ކުއީސް ނުކުންނާނީ ފަތްމިނި އެސްސީއާ ދެކޮޅަށެވެ.

ކައުންސިލް ހޭންޑްބޯލް މުބާރާތުގެ މެޗުތައް ދަނބިދޫ ކައުންސިލް ފޭސްބޫކް ޕޭޖުން ވަގުތުން ލައިވް ކުރާނެއެވެ. މީޑިއާ ޕާޓްނަރަކީ “ލާމް ޓޭލްސް”އެވެ.

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top