އަވަށްޓެރި އިންޑިއާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދޭ ކޮވިޑް-19ގެ ވެކްސިން ޝިޕްމެންޓް ރާއްޖެ އައުމާއި އެކު ރައްޔިތުންގެ އުއްމީދުތައް އާ ވެއްޖެއެވެ. 

މި ވެކްސިން ލިބިގެންދިއުމާއިއެކު ރާއްޖެއަކީ އިންޑިއާގެ ވެކްސިން ލިބުނު ފުރަތަމަ ޤައުމެވެ. 

ރާއްޖެ އަށް ވެކްސިން ލިބުމާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޝާހިދު، ހެލްތު މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. 

ރާއްޖެ ގެނައި ކޮވިޑް ވެކްސިންއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ފާމަސިއުޓިކަލް ކުންފުނި ގުޅިގެން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިންއެވެ. މި ވެކްސިންއަކީ ދެން ކޮވިޑަށް އުފައްދާފައިވާ އެހެން ވެކްސިންތަކާއި ޙިލާފަށް 70 ޑިގްރީގައި ރައްކާ ކުރަން ނުޖެހޭ ވެކްސިންއެކެވެ. އެހެންކަމުން މި ވެކްސިންއަކީ ރާއްޖެ ފަދަ ގައުމެއްގައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ވެސް ފަސޭހަވާނެ ވެކްސިންއެކެވެ.

މި ވެކްސިން އިންޑިއާގައި އުފައްދަނީ ޕޫނޭގައި ހުންނަ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ކުންފުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.