ރާއްޖެއަށް ވެކްސިން ޝިޕްމެންޓް ގެންނަ ފްލައިޓް އިންޑިއާއިން ފުރައިފިއެވެ. 

އިންޑިއާއިން ރާއްޖެއަށް ފޯރުކޯށްދޭ އެއް ލައްކަ ޑޯޒްގެ ވެކްސިން ޝިޕްމެންޓް ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. 

މި ވެކްސިން ލިބިގެންދިއުމާއި އެކު ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ޤައުމަށެވެ. އެގައުމުން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިނަކީ އެ ޤައުމުގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން އެންމެ ފުރަތަމަ ލިބޭނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްޙީ އޮފިޝަލުންނާއި ހައިރިސްކު މީހުންނަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.