ގައުމީ ޔުނިވާސިޓީން، ނެވިގޭޝަން ސެމިއުލޭޓަރ "ޒަމާނީ ނެވިކަމަށް – އެންމެ ފަހުގެ ސިމިއުލޭޓާ އިއްޔެ އިފްތިތާހުކޮށްފިއެވެ.
ސިމިއުލޭޓާ އިފްތިތާހު ކޮށްދެއްވީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އެވެ.
އެމްއެންޔޫ އިން ބުނީ، ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް ގައި އިފްތިތާހް ކުރެވިގެން ދިޔަ ނެވިގޭޝަން އަދި ޖީއެމްޑީއެސްސް ސިމިއުލޭޓަރަކީ އައިއެމްއޯ ގެ މިންގަނޑުތަކަށް ނެވިގޭޝަން އޮފިސަރުންނާއި ޖީއެމްޑީއެސްއެސް އޮޕަރޭޓަރުން ތަމްރީނު ކުރުމަށް ބޭނުން ކުރެވިގެންދާނެ ޒަމާނީ ވަސީލަތެއް ކަމަށެވެ.
ނެވިގޭޝަން ސިމިއުލޭޓަރަކީ ދަރިވަރުންގެ ނެވިގޭޝަން އަދި ޝިޕްހެންޑްލިން ގެ ހުނަރު ހުރިވަރު ބެލުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތެކެވެ.
މި ވަސީލަތުގެ ސަބަބުން މެރިޓައިމް ސްޓަޑީޒް ގައި ދެވޭ ތަމްރީނު ތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި، މިއަހަރުތެރޭގައި އިތުރު ކޯސްތައް ފެށިގެންދާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
އަދި އޭގެ އިތުރަށް ފޯރު ކޮށްދެވޭނެ ކޯސް ތަކުގެ ތެރޭގައި މާސްޓަރ އެންޑެ ޗީފްމޭޓް ކޯސް، (އިލެކްޓްރޯނިކް ޗާޓް ޑޭޓާ އެންޑް އިންފޮމޭޝަން ސިސްޓަމްސް), (ބްރިޖް ޓީމް މެނޭޖްމެންޓް) (ބްރިޖް ރިސޯސް މެނޭޖްމެންޓް)، (ގްލޯބަލް މެރިޓައިމް ޑިސްޓްރެސް ސޭފްޓީ ސިސްޓަމް)، ފަދަ ކޯސްތައް ހިމެނެއެވެ.
އަދި އޭގެ އިތުރުން ޑެކް އޮފިސަރުންނާއި ކެޕްޓަނުންގެ ރިފްރެޝާރ ކޯސް ތަކުގައި ސިމިއުލޭޓަރ ބޭނުން ކުރެވޭނެ ކަމަށްވެސް އެމްއެމްޔޫ އިން މައުލޫމާތުދެއެވެ.