ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޕްރޮގްރާމާއި ގުޅިގެން މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ޕްރިންސިޕަލުން ހުނަރާއި ގާބިލްކަން އިތުރުކޮށް، ފާއިތުވެދިޔަ އަހަރުގެ ތަޖުރިބާތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ. 

މިމަހުގެ 12 އިން 18 އަށް ކުރިއަށް ދިޔަ މި ޕްރޮގްރާމް އަތޮޅުތެރޭގެ ސްކޫލްތަކުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މިނިސްޓްރީން ބުނީ މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ސެޝަން ކުރިއަށް ގެންދިޔައީ އިސްކަންދަރު ސްކޫލުގައި ކަމަށެވެ.

މި ޕްރޮގްރާމްގައި ތަޢުލީމީ ދާއިރާގެ ޓާގެޓްތައް ހާސިލް ކުރުމަށް ދުރާލާ ސްކޫލްތަކުން ލަނޑުދަނޑި ކަނޑައަޅައި ތައްޔާރުވުމުގެ މުހިއްމު ކަމާއި، ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުން ޢަމަލުކުރަމުންދާ ރައްކާތެރިކަމުގެ އުސޫލުތަކާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި 2020 ވަނަ އަހަރު ސްކޫލްތަކުގައި އުނގެނުމުގެ ކަންކަން ކުރިއަށް ގެންދެވުނު ގޮތްތަކާއި ބެހޭގޮތުން ސްކޫލްތަކުގެ ވަނީ މަޝްވަތާ ކުރެވިފައެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ސްކޫލްތަކުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.