ގއ. ދެއްވަދޫ އިން ފެނުނު ކްލަސްޓާއާއި ގުޅުންހުރި އިތުރު ކޭސްތަކެއް ދާންދޫ އިން ވެސް ފެނިއްޖެއެވެ.
ދާންދޫއިން ހޯމަ ދުވަހު 10 ކޭސް ފެނިފައިވާއިރު އިއްްޔެ ވަނީ އިތުރު ފަސް ކޭހެއް ރިޕޯޓް ކޮށްފައެވެ. އިއްޔެ ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އުމުރުން 13 އަހަރުން ދަށުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ވިލިނގިލިންވެސް ފެނި، އެ ކްލާސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 65 އަށް އަރާފައެވެ. މީގެ ތެރެއިން 57 ކޭހަކީ ދެއްވަދޫ އިން ޕޮޒިޓިވްވި ކޭސްތަކެވެ. ދެއްވަދޫ އިން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހައިރިސްކު މީހުންވެސް ހިމެނެއެވެ. ދެއްވަދޫ އިން ކޮވިޑްގެ އިތުރު އައު ކޭސްތަކެއް ރިޕޯޓް ނުކުރާތާ ތިން ދުވަސް ވަނީ ވެފައެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން އައިޑެންޓިފައި ކުރެވިފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.