5.6 މިލިއަން އެމެރިކާ ޑޮލަރުގެ ސިއްހީ ސާމާނު ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.

ހެލްތު އެމެރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެހީގެ ލިޔުން ޖަޕާން ސަރުކާރުގެ ފަރާތުން ހަވާލު ކުރެއްވީ ސަފީރު ކެއިކޯ ޔަނާއީ އެވެ. އެހީއާ ރާއްޖޭގެ ފަރާތުން ހަވާލުވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.

މިއީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިމާވެފައިވާ ތަކެތީގެ ދަތިކަން ހައްލުކޮށް ވަސީލަތްތައް އިތުރުކުރުމުގެ ބޭނުމުގައި ޖަޕާނު ސަރުކާރުން ވެދެއްވި އެހީއެކެވެ. ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއިން ބުނެފައިވާ ގޮތުގައި، ހަދިޔާކުރި ތަކެތީގެ އަގު 600 މިލިއަން ޖަޕަނީސް ޔެން (5.6 މިލިއަން އެމެރިކާ ޑޮލަރު)އަށް އަރާނެއެވެ. 

އަންގާރަ ދުވަހު ހަދިޔާކުރި ތަކެތީގެ ތެރޭގައި ޕޯޓަބަލް އަލްޓްރާ ސައުންޑް އަދި އެކްސްރޭ މެޝިނާއި ސިރިންޖު ޕަމްޕް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.