ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 51 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 32 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 2 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،168 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 962 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 73 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 13،615 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައިވެއެވެ.
މާދަމާ ރާއްޖެއަށް ކޮވިޑް ވެކްސިން ގެންނައިރު އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްޚީ ހިދުމަތްތެރިންނަށެވެ.